48 މީހުންނާއެކު ލޯންޗެއް އަޑިއަށް، ކަނޑުވެފައި ތިއްބައި އެންމެން ސަލާމަތް ކޮށްފި

މ
2 މާރިޗު 2025 12:49އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ކުޑަކުދިން ހިމެނޭނެހެން 48 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން ބުނީ އދ. ދިގުރަށުން މާލެއަށް ދަތުރުކުރި ”ހުވަން“ ނަމަކަށް ކިޔާ ލޯންޗެއް ދިގުރަށާއި މަހިބަދޫއާ ދެމެދު ސަރަހައްދަކަށް އަޑިއަށްދިޔަ ކަމުގެ ރިޕޯޓެއް މިއަދު ހެނދުނު 7:57 ހާއިރު ލިބުނު ކަމަށެވެ.

އެ ލޯންޗުގައި ތިން ކްރޫއިންނާއި 45 ޕަސިންޖަރުން ތިބި ކަމަށާއި އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

އެ އެންމެން މިހާރު ސަލާމަތްކޮށް، ދިގުރަށަށް ގެންގޮސްފައިރު ފުލުހުން ބުނާ ގޮތުން އެ އެންމެންގެ ހާލު ވެސް ރަނގަޅެވެ. ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަނީ މީހުންތައް ލައިފް ޖެކެޓުގައި ކަނޑުވެފައި ތިއްބަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.