ހަ އަހަރުގެ ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ

މ
2 މާރިޗު 2025 23:221 މިނިޓުގެ ކިޔުން
Aa

ހަ އަހަރުގެ ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެ ކުއްޖާއަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު ހުޅުމާލެ ނިރުޅުމަގުގައި ހުންނަ އެލް މޯބައިލް 3 ކައިރިން މަގު ހުރަސްކުރި މީހަކާއި ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ހަ އަހަރުގެ ކުޑަކުއްޖާގެ ކަކޫ މަށައިގެން ގޮސް ކަނާތްފަރާތު ތުންފަތްމަތިން ބައި އިންޗި އެއްހައިތަން ފަޅައިގެން ގޮސް އަދި ކުދި އިތުރު އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި ހިމެނޭ ސައިކަލް ދުއްވަން އިނީ ލައިސަންސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.