ގޭހަށް ދޭ އިންޖެކްޝަނެއްގައި ކޮލިޓީ މައްސަލަތަކެއް! ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

މ
6 މާރިޗު 2025 15:131 މިނިޓުގެ ކިޔުން
Aa

ގޭސްޓްރިކަށް ދޭ އިންޖެކްޝަނެއްގައި ކޮލިޓީ މައްސަލަތަކެއް ހުރުމުން އެ އިންޖެކްޝަން ވިއްކުން އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ކޮލިޓީ މައްސަލަތަކެއް ފާހަގަކުރެވިފައިވަނީ އެރިސްޓޯ ޕެންޓޮޕް ނަމަކަށް ކިޔާ 40 އެމްޖީގެ އިންޖެކްޝަނަކުުންނެވެ. އެހެންވެ އެ އިންޖެކްޝަންގެ ބެޗް EMPH243030 ރާއްޖެ އެތެރެކުރުމާއި ވިއްކުން ވަނީ މަނާކޮށްފަ އެވެ.

އެމްއެފްޑީއޭ އިން ވަނީ އެއްވެސް ބޭސް ފިހާރައެއް އަދި ސިއްހީ ހިދުމަތްދޭ ތަނެއްގައި އެ އިންޖެކްޝަން ހުރިނަމަ، އެކަން އެ އޮތޯރިޓީއާ ހިއްސާކޮށް ބޭސް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދަން އެދިފަ އެވެ.

މީގެ އިތުރުން ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، ބޭސް އިމްޕޯޓުކޮށް ވިއްކާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށްވެސް އެމްއެންޑީއޭ އިން ބުނެފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.