އެމްޕީއެލްގެ އޮކްޝަން ޕޯޓަލުން ހިތަދޫ ޕޯޓުގެ ނީލަންތަކުގައި ބަައިވެރިވެވޭ ގޮތް ހަދައިފި

މ
3 މާރިޗު 2025 14:30އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އޯކްޝަން ޕޯޓަލް އިން އައްޑޫ ހިތަދޫ ޕޯޓުގެ ނީލަންތަކުގައި ބައިވެރިވެވޭ ގޮތް ހަދައިފިއެވެ.

އެމްޕީއެލް އިން ވަނީ އެ ކުންފުނީގެ އޯކްޝަން ޕޯޓަލުން ހިތަދޫ ޕޯޓުން ހުޅުވާލައި ނީލަންތައް ފެންނަ ގޮތް ހަދައިފައެވެ. ހިތަދޫ ޕޯޓުން ނީލަމުގައި އާއްމުކޮށް ވިއްކާނީ މޮޓޯ ވެހިކަލްއެވެ.

އެމްޕީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޯކްޝަން ޕޯޓަލްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އިތުރު އެއްވެސް ފީއެއް އަދި ރަޖިސްޓްރޭޝަނަކާ ނުލައި ހިދުމަތް ލިބޭނެ ކަމަށެވެ. އޭގެ އިތުރުން އެއް ވަގުތެއްގައި ތަފާތު ނީލަންތަކުގައި އެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށްވެސް ބުންޏެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ، ކުރިއަށް އޮތް ތަނުގައި ކުޅުދުއްފުށި ޕޯޓުގެ ނީލަމުގެ ހިދުމަތްތައްވެސް އޯކްޝަން ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭ ގޮތް ހެދުމަކީ އެ ކުންފުނީގެ ވިސްނުމެއް ކަމަށެވެ.

އެމްޕީއެލްގެ އޯކްޝަން ޕޯޓަލަކީ 2022 ވަނަ އަހަރު ތައާރަފު ކުރި ހިދުމަތެކެވެ. އެއީ މާލޭ ވިޔަފާރި ބަނދަރަށް ގެނެސް ގިނަ ދުވަސް ވަންދެން ކްލިއާނުކޮށް ހުންނަ މުދާ ވިއްކާލަން ބާއްވާ ނީލަންތަކުގައި ގިނަ ބަޔަކަށް ލުއިފަސޭހަ ގޮތަކަށް ބައިވެރިވެވޭނެ ގޮތް ފަހިކޮށްދިނުމަށް ތައާރަފުކުރި ހިދުމަތެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.