މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ

މ
3 މާރިޗު 2025 16:051 މިނިޓުގެ ކިޔުން
Aa

މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ގެއްލިގެން ހޯދަނީ އަހުމަދު އުސައިދު އިބްރާހީމް އަފީފެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މެލޭޝިއާގެ ހައި ކޮމިޝަނުން ދިވެއްސެއް ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓެއް އެ މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅިގެން މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގެއްލިގެން އުޅޭ މީހާ ހޯދުމުގެ މަސައްކަތް އެ ގައުމުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

އުސައިދުގެ އާއިލާ އިން ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ގޮތުން އޭނާ އެންމެ ފަހުން ހަބަރެއްވީ އިއްޔެ މެލޭޝިއާ ގަޑިން ހަވީރު ތިނެއް ޖަހާއިރެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.