ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ޝައްމަ އައްޔަންކުރައްވައިފި

މ
10 މާރިޗު 2025 22:321 މިނިޓުގެ ކިޔުން
Aa

ރެޖިސްޓްރާ އޮފް ކޮންޕެނީސްގެ މަގާމަށް މަރިޔަމް ޝަމްއާ އިސްމާޢީލް މިއަދު އައްޔަންކޮށްފި އެވެ.

ޝައްމާއަކީ 2004 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް އިން ބެޗްލާ އޮފް ލޯސް ހާސިލްކުރައްވައިފަ އެވެ. އަދި 2021ވަނަ އަހަރު ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމު އަދާކުރެއްވުމުގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ލީގަލް ކޮންސަލްޓަންޓެއްގެ މަގާމު އަދާކުރައްވައިފަ އެވެ.

ގާނޫނީ ދާއިރާ އިން ކިޔަވައި ވިދާޅުވެފައިވާ ޝައްމަ ކުރިން ވަނީ ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމު ފުރުއްވައިފަ އެވެ.

ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ޝައްމަ ހަމަޖެއްސީ ކުރިން އެ މަގާމު ފުރުއްވި މަރިޔަމް ވިސާމް މި މަހުގެ 1 ގައި އިސްތިއުފާ ދެއްވުމުންނެވެ.

މިދިޔަ 11 އަހަރު ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ފުރުއްވި ވިސާމް އެ މަގާމުން އިސްތިއުފާދެއްވީ ޕްރައިވެޓް ސެކްޓަރުގައި މަސަައްކަތް ކުރައްވާށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.