ފުލުހުންނާއި ސިފައިން ގުޅިގެން ގައުމީ ސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއް ފަށައިފި

މ
10 މާރިޗު 2025 22:551 މިނިޓުގެ ކިޔުން
Aa

ފުލުހުންނާއި ސިފައިން ގުޅިގެން ގައުމީ ސަލާމަތާ ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއް މިރޭ ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ދާދި ދެންމެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ހިންގާ އެ އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބޭވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ. އިތުރު އެއްވެސް ތަފުސީލެއް ފުލުހުންގެ ބަޔާނުގައި ދީފައެއް ނުވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.