މައުލޫމާތު ސައްހަތޯ ނުބަލާ ނެރެވުމުން ގައުމީ ސަލާމަތުގެ އޮޕަރޭޝަނާ ގުޅޭ ބަޔާން ކެންސަލް!

މ
10 މާރިޗު 2025 23:211 މިނިޓުގެ ކިޔުން
Aa

ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު

ފުލުހުންނާއި ސިފައިން ގުޅިގެން ގައުމީ ސަލާމަތާ ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއް މިރޭ ފަށާފައިވާ ކަމަށް ބުނެ ފުލުހުން ބަޔާނެއް ނެރުމަށްފަހު އެ ބަޔާން ނަގައިފި އެވެ.

މާލެ ސަރަހައްދުގައި ހިންގާ އެ އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ބުނެ ފުލުހުން ނެރުނު ބަޔާން ސޯޝަލް މީޑިއާގެ އެކައުންޓުތަކުން ނަގާފައިވަނީ އެ ޝާއިއު ކުރިތާ 30 ވަރަކަށް މިނެޓު ފަހުންނެވެ.

ފުލުހުން ބުނީ، ސޯޝަލް މީޑިއާ އިން ބަޔާން ނެގީ ބައެއް ’ސެންސިޓިވް‘ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އަދި އިތުރު މައުލޫމާތު ލިބުމުން ހާމަ ކުރާނެ ކަމަށްވެސް ބުންޏެވެ.

މިފަދަ ކަންކަން ފުލުހުންގެ ފަރާތުން މިފަހަކަށް އައިސް ތަކުރާރުވަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.