ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީން އުޝާމް އިސްތިއުފާ ދެއްވައިފި

މ
7 މާރިޗު 2025 23:311 މިނިޓުގެ ކިޔުން
Aa

އެޓާނީ ޖެނެރަލް އުޝާމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ މައްސަލަތައް ބަލަން ޖޭއެސްސީން އެކުލަވައިލި ކޮމިޓީން ބަންޑާރަނައިބު އަހުމަދު އުޝާމް އަމިއްލައަށް ވަކިވެވަޑައިގެން އިސްތިއުފާ ދެއްވައިފި އެވެ.

އުޝާމް ވަނީ އެކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ތިއްބެވީ ބަންޑާރަނައިބު އަހުމަދު އުޝާމް އާއި ފަނޑިޔާރުން ސަސްޕެންޑުކުރުމުގެ ކުރިން ޖޭއެސްސީ އަށް އައްޔަން ކުރި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޔަޒްމީދު މުހައްމަދު އަދި ވަކީލުންގެ ތެރެއިން އައްޔަން ކުރެއްވި އަލީ އަބްދުއްލަތީފު އެވެ.

އުޝާމް އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާ ބަދަލުގައި އެ ކޮމިޓީއަށް އައްޔަންކޮށްފަައިވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް، މުހައްމަދު ނާސިހު އެވެ.

ފަނޑިޔާރުންގެ މައްސަލަ ބަލާ ޖޭއެސްސޫގެ ކޮމިޓީން މީގެ ކުރިން ބަލަމުންދިޔައީ ފަނޑިޔާރުކަމުން މިފަހުން އިސްތިއުފާދެއްވި ހުސްނުއްސުއޫދުގެ މައްސަލަ އެވެ.

ނަމަވެސް އިއްޔެ އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީގެ މައްސަލަ ވެސް ބަލަން ނިންމައިފަ އެވެ.

އެއާއެކު އެ ކޮމިޓީގައި އުޝާމް ހިމެނިވަޑައިގަންނަވާތީ ކަންބޮޑުވުން ފާޅުކުރައްވައި ފަނޑިޔާރު އަޒްމިރާލްދާ ޖޭއެސްސީއަށް ސިޓީއެއް ފޮނުއްވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.