ޝަމީމަށް ހަމަލާދިނުން: މައްސަލަ ހަލުވިކަމާއެކު ތަހުގީގު ކުރަން ގޮވާލައިފި

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލަ ހަލުވިކަމާ އެކު ތަހުގީގު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވާލައިފިއެވެ.

އެ ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޝަމީމަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ތަހުގީގު އަވަސް ކުރަން ގޮވާލައިފައެވެ.

”މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަދި މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސަސްއިން މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މި ކޮމިޝަނުން ގޮވާލަން,“ އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ޝަމީމަށް ހަމަލާދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.

އޭނާ އަށް ހަމަލާދީފައި ވަނީ ސައިކަލު ޕާކޮށްފައި ގެެއަށް ވަދެވަޑައިގަންނަވަނިކޮށްނެވެ. މަރުތޭލަކުން ޖަހާފައި ވަނީ ޝަމީމްގެ ވައަތުގެ މުލައްދަނޑީގައެވެ. އެ ނުރައްކާތެރި ހަމަލާގެ ސަބަބުން ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާފައި ވާތީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ވަނީ މިހާރު ގެއަށް ބަދަލުކޮށްފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި އެ މައްސަލައިގައި ޝާމިލްވާ އެންމެނަށް ހައްގު އަދަބު ދިނުމަށް ގޮވާލައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ އެއީ ސިޔާސީ މަގްސަދެއްގައި ދިން ހަމަލާއެއް ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.