އެސްޓީއޯގެ ބޯޑު ޑިރެކްޓަރަކަށް ފަޒީނާ

މ
11 މާރިޗު 2025 20:401 މިނިޓުގެ ކިޔުން
Aa

އެސްޓީއޯގެ ބޯޑު ޑިރެކްޓަރަކަށް ގދ. ގައްދޫ/ ބިލަތްމާގެ، އައިޝަތު ފަޒީނާ މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކަން އިއުލާންކުރި ނަމަވެސް އޭނާ އެ މަގާމަށް އައްޔަންކުރި ތާރީހެއް ނުބުނެ އެވެ. ނަމަވެސް އެސްޓީއޯ އިން ބުނި ގޮތުގައި ފަޒީނާ ބޯޑު ޑިރެކްޓަރަކަށް އައްޔަންކުރީ އިއްޔެ އެވެ.

އެސްޓީއޯގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި ފަޒީނާއަކީ މީގެ ކުރިން އާންމު ހިއްސާދާރުންގެ ފަރާތުން އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކޯޕަރޭޝަންތަކުގެ މާލީ ކަންކަން ބެލެހެއްޓުމަށް އެކުލަވާލަން ނިންމި ފިނޭންސް ޑިރެކްޓަރުންގެ ޕޫލުގެވެސް ބޭފުޅެކެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން މަގާމެއް ހުސްވީ ކުރިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު މުރާދު މިދިޔަ ޖަނަވަރީ މަހު އިސްތިއުފާ ދެއްވުމުންނެވެ. މުރާދު އެ މަގާމަށް ހަމަޖެއްސީ 6 ޑިސެމްބަރު 2023ގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.