11 އަހަރަށްފަހު ރަޖިސްޓްރާ އޮފް ކޮމްޕެނީސް ވިސާމް އިސްތިއުފާ ދެއްވައިފި

މ
5 މާރިޗު 2025 13:05އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މިދިޔަ 11 އަހަރު ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ފުރުއްވި ވިސާމް އެ މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ 1 ވަނަ ދުވަހު އެވެ. އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ބައެއް މީޑިއާތަކުގައި ވިދާޅުވީ، ޕްރައިވެޓް ސެކްޓަރުގައި މަސަައްކަތް ކުރައްވަން ކަމަށެވެ.

މާކެޓިން މެނޭޖުމަންޓުގެ ދާއިރާ އިން ޑިގްރީ އަދި އިކޮނޮމިކްސްގެ ދާއިރާ އިން ރާއްޖެ އިން ބޭރުން މާސްޓާސް ހައްދަވާފައިވާ ވިސާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ފުރުއްވައިފަ އެވެ.

އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބައެއް އިސް މަގާމުތައް ވެސް ކުރިން ފުރުއްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.