ނައިބް ރައީސްގެ ޔުގަންޑާ ދަތުރަށް 983،000 ރުފިޔާ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފު ޔުގަންޑާގެ ކެމްޕާލާއަށް ކުރެއްވި ދަތުރުގެ ތަފުސީލު ރައީސް އޮފީހުން މިއަދު ހާމަކޮށްފި އެވެ.

ނައިބް ރައީސް ހުސެއިން މި މަހުގެ 17 އިން 23 އަށް ޔުގަންޑާއަށް ކުރެއްވި ދަތުރަކީ އެ ގައުމުގައި ބޭއްވި ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައާއި ”ގްރޫޕް އޮފް 77 އެންޑް ޗައިނާ (ޖީ77)ގެ ދަށުން ބޭއްވި ތިންވަނަ ސައުތް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ.

ރައީސް އޮފީހުން މިއަދު އާންމުކޮށްފައިވާ އެ ދަތުރުފުޅުގެ ހަރަދުގެ ތަފުސީލަށް ބަލާއިރު 983،032.13ރ. އެވެ.

ޓިކެޓު ހަރަދު:

  • 3 ބިޒްނަސް ކްލާސް ޓިކެޓް: 346،657.02ރ.

  • 7 އިކޮނޮމީ ކްލާސް ޓިކެޓް: 304190.34ރ.

އެހެނިހެން ހަރަދު:

  • 10 ބޭފުޅުންގެ ޕޮކެޓްމަނީއަށް: 95،232ރ.

  • ފަރިއްކޮޅަށް: 48،736.74ރ.

  • ސްޓޮޕްއޯވާއަށް: 18،494ރ.

  • އިންސިޑެންޓަލްއަށް: 441.27ރ.

  • އެކަމަޑޭޝަން: 169،280.76ރ.

ރައީށް އޮފީހުން ބުނީ ޔުގަންޑާ ސަރުކާރުން ދެ ބޭފުޅެއްގެ އެކޮމަޑޭޝަން ހަރަދު ހަމަޖައްސައި ދެއްވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އެ މަނިކުފާނުގެ ނައިބު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.