ތިން ރަށެއްގެ ފުޓްބޯޅަ ދަނޑާއި ބެޑްމިންޓަން ކޯޓު އެޅުމުގެ މަސައްކަތް އާރްޑީސީއަށް

މ
16 މާރިޗު 2025 10:301 މިނިޓުގެ ކިޔުން
Aa

ތިން ރަށެއްގެ ފުޓްބޯޅަ ދަނޑާއި ބެޑްމިންޓަން ކޯޓު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފި އެވެ.

އާރްޑީސީން މިއަދު ބުނީ އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ އދ. ހަންޏާމީދޫ، އއ. މާޅޮސް، އަދި ކ. ކާށީދޫގައި ފުޓްބޯޅާ ދަނޑެއް އެޅުމުގެ އިތުރުން އއ. ތޮއްޑޫގައި ބެޑްމިންޓަން ކޯޓެއް އެޅުމަށް ކަމަށެވެ.

އާރްޑީސީން ބުނީ އެ ރަށްރަށުގައި ކުޅިވަޅު ފެސިލިޓީސްތައް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރެއް ކަމަށެވެ. އެ މަނިކުފާނު ވަނީ ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްގެން ރަށްރަށުގައި އެ ފެސިލިޓީސްތައް ގާއިމުކޮށްދެއްވާނެކަން ފާހަގަކުރައްވައިފައި ކަމަށް އާރްޑީސީން ބުންޏެވެ.

އެ ތަސައްވަރުގެ ދަށުން ތިން ރަށެއްގެ ފުޓްބޯޅަ ދަނޑާއި ބެޑްމިންޓަން ކޯޓު އެޅުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ކަމަށް އާރްޑީސީން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.