ވައިގެ މަގުން އެތެރެކުރަން އުޅުނު ކިލޯއެއްގެ ޑްރަގްސް އަތުލައިގެންފި

މ
16 މާރިޗު 2025 13:571 މިނިޓުގެ ކިޔުން
Aa

ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު ކިލޯއެއްގެ ޑްރަގްސް އަތުލައިގެންފައިވާ ކަމަށް ކަސްޓަމުން ބުނެފި އެވެ.

ކަސްޓަމުން މިއަދު ބުނީ އެތަކެތި އަތުލައިގެންފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ ރޭ ދަންވަރު ތައިލެންޑުން ވައިގެ މަގުން ރާއްޖެ އައި އާންމު މުދާތަކެއް ހުރި ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމުން ބުންޏެވެ.

އެގޮތުން އެ ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ހުރި 20 ޕެކެޓެއް ފެނިފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި 1،097 ގްރާމް ހުރި ކަމަށް ކަސްޓަމުން ބުންޏެވެ. އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމަށް ކަސްޓަމުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.