އިންޑިއާގައި މާބަނޑު މީހަކު ރޭޕްކޮށްފި، ކުށްކުރީ ފުލުހެއް!

މ
13 މާރިޗު 2025 11:151 މިނިޓުގެ ކިޔުން
Aa

އިންޑިއާގެ ރާޖަސްތާނުގައި މާބަނޑު އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި އެވެ.

ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާގެ ފިރިމީހާ ފުލުހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އަވަށްޓެރިއަކާ ޖެހުނު މައްސަލައެއްގައި ހިނގި ހަމަނުޖެހުމެއްގެ މައްސަލަ އަންހެން މީހާގެ އާއިލާ އިން މި މަހުގެ ކުރީކޮޅު ފުލުހަށް ރިޕޯޓް ކުރި ކަމަށެވެ.

އަދި ޖެހިގެން އައި ދުވަހު އެ މައްސަލަ ތަހުގީގު ކުރާ ފުލުސް އޮފިސަރު މައްސަލައިގައި ބަޔާން ނެގުމަށް ކަމަށް ބުނެ މާބަނޑު އަންހެން މީހާ އާއި އޭނާގެ ކުޑަ ދަރިފުޅު ކުލީ ކޮޓަރިއަކަށް ގެންގޮސް ރޭޕްކުރި ކަމަށާއި އެކަމާ ދެކޮޅު ހަދައިފި ނަމަ ފިރިމީހާ ޖަލަށް ގެންދާނެކަމުގެ އިންޒާރުދީ ބިރު ދެއްކި ކަމަށްވެސް ބުނެފައިވެ އެވެ.

އެ މައްސަލައިގައި ބުނެފައިވަނީ އަންހެން މީހާ ކުލީ ކޮޓަރިއަކަށް ގެންގޮސްފައިވަނީ ފުލުސް އޮފީހަށް ގެންދާ ކަމަށް ބުނެ ކަމަށާއި އަދި އެއީ ތިމާގެ މީހުން ކަމަށް ކުލީ ކޮޓަރި ދޫކުރި ހޮޓަލުގެ ސްޓާފުންގެ ގާތުގައި ފުލުސް މީހާ ބުނި ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.