އުރުދުގާންގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ ހައްޔަރުކޮށްފި

އ
20 މާރިޗު 2025 10:541 މިނިޓުގެ ކިޔުން
Aa

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ އެކްރެމް އިމަމޮގުލޫ ހައްޔަރުކޮށްފި އެވެ.

ތުރުކީގެ އެންމެ ދުވަސްވީ އަދި ސަރުކާރާ އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އަށް ނިސްބަތްވާ އަދި އިސްތަންބުލްގެ މޭޔަރުގެ މަގާމުގައި ހުންނެވި އިމަމޮގުލޫ ހައްޔަރުކޮށްފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އޭނާއަށް ޓިކެޓު ދޭން ނިންމާފައި ވަނިކޮށެވެ.

ކޮރަޕްޝަނާއި ޓެރަރިސްޓް ގްރޫޕްތަކާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ 100 އެއްހާ ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނާއި މުނިސިޕަލް އޮފިޝަލުން ހައްޔަރުކުރުމަށް ހިންގި ރެއިޑެއްގައި އިމަމޮގުލޫ ހައްޔަރުކުރި އިރު، ތުރުކީ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އިމަމޮގުލޫ އަކީ ކޮރަޕްޓް އަދި ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާ ކުށްކުރާ ޖަމާއަތެއްގެ ލީޑަރެކެވެ.

ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ވީޑިއޯގައި އިމަމޮގުލޫ ވިދާޅުވީ އޭނާ ހައްޔަރުކުރުމަކީ ރައްޔިތުންގެ އިރާދައަށް ދިން ހަމަލާއެއް ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށެވެ.

އިމަމޮގުލޫގެ ހައްޔަރާއެކު ތުރުކީގައި މުޒާހަރާ ކުރަން ފަށާފައިވާއިރު، އެ ގައުމުގެ ސަރުކާރުން ވަނީ އިސްތަންބުލްގައި އެއްވުންތައް ބޭއްވުން މަނާކޮށްފަ އެވެ. އެގޮތުން މުޒާހަރާތަކަށް ހުރަސް އެޅުމަށް ތުރުކީގެ ގިނަ މަގުތަކެއް ބަންދުކޮށްފައިވާއިރު، މެޓްރޯ ލައިންތަކުގެ ހިދުމަތްވެސް ވަނީ ކެންސަލްކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.