ތޮއްޑޫގައި ބަރަހަނާކޮށް އުޅުނު ޓޫރިސްޓަކު ހައްޔަރުކޮށްފި، ފުލުހުންނާ މާރާމާރީވެސް ހިންގި

މ
18 މާރިޗު 2025 00:331 މިނިޓުގެ ކިޔުން
Aa

އއ. ތޮއްޑޫގައި ބަރަހަނާކޮށް އުޅުނު ޓޫރިސްޓަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ރަޝިއާގެ ފިރިހެން ފަތުރުވެރިޔަކު އެ ރަށު ވަޅުމަގުކޮޅު ބީޗުގައި ބަރަހަނާކޮށް އުޅުނު މައްސަލައެއް މިއަދު މެންދުރުފަހު ތިނެއް ޖަހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް އެޓެންޑުވުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންނަށް އޭނާގެ ފަރާތުން އަނިޔާވެ، ފުލުހުންގެ ވެހިކަލަކަށް ގެއްލުން ލިބިފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެ ފަތުރުވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.