ބިދޭސީއެއްގެ އަތުން ރިޝްވަތު ނެގި ކަމަށް ބުނާ މައްސަލަ: ހައްޔަރު ކުރި މީހުންގެ ފޮޓޯ އާންމުކޮށްފި

މ
24 މާރިޗު 2025 02:201 މިނިޓުގެ ކިޔުން
Aa

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ޝަމްއާން ވަހީދުވެސް ހައްޔަރުކޮށްފައިވާއިރު، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.

އެ މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް އެ މީހުންގެ މަައުލޫމާތެއް މީގެ ކުރިން ހާމަކޮށްފައެއް ނުވެ އެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން:

  • ތ. ބުރުނި/ މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއިލް، 21އ.

  • ގ. ހެޕީސައިޑް، އިބްރާހިމް އަހުމަދު، 37އ.

  • ގ. ހެޕީސައިޑް، ހަސަން ސަހެޝާން، 47އ

ފުލުހުން ބުނާ ގޮތުން މި ތިން މީހުން ހައްޔަރުކުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އޭގެ އިތުރުން މިއަދުގެ ވަގުތެއްގައި ވަނީ އިތުރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ:

  • މ. ހަޒާރީ ވިލާ، އަހުމަދު ލައްސާން، 40އ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.