ބިދޭސީންގެ އަތުން ފައިސާ ނެގި ތުހުމަތުކޮށް ޝަމްއާންގެ ގެ ބަލައިފާސްކޮށްފި

މ
21 މާރިޗު 2025 14:061 މިނިޓުގެ ކިޔުން
Aa

ބިދޭސީންގެ އަތުން ފައިސާ ނެގި ތުހުމަތުކޮށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދުގެ ގެ ބަލައިފާސްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ޝަމްއާންގެ ގެ ބަލައިފާސްކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އެކަމާ ގުޅިގެން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކުރައްވައިފަ އެވެ. އޭނާ ވަކިކުރެއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ފުލުހުން ދަނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނާޖާއިޒު ބޭނުން ހިފައި ބިދޭސީންތަކެއްގެ އަތުން މާލީ މަންފާ ހޯދި މައްސަލައެއް ތަހުގީގު ކުރަމުންނެވެ.

ފުލުހުން އެ މައްސަލައިގެ ތުހުމަތު ޝަމްއާނަށް ވެސް ކުރެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކުރެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ އެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު ރޭ އައްޔަންކުރައްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.