އިތުރު 24 ފަރާތަކުން ގުރުއާން ހިތުދަސްކޮށްފި، އޭގެ ތެރެއިން 22 ހާފިޒުންނަކީ ކުޑަކުދިން!

މ
27 މާރިޗު 2025 12:112 މިނިޓުގެ ކިޔުން
Aa

ކީރިތި ގުރުއާން ހިތުދަސްކުރި 24 ހާފިޒަކު ދަސްވެނިވެއްޖެ އެވެ.

ގުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު އެރުވުމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މިއީ ގުރުއާން ހިތުދަސްކުރި ހާފިޒުން ދަސްވެނިވުމަށް ވަކި ރަސްމިއްޔާތެއް ބޭއްވި ފުރަތަމަ ހަފުލާ އެވެ. މީގެ ކުރިން ދަސްވެނިވާ ހާފިޒުންނަށް ސަނަދު އަރުވާފައިވަނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބާއްވާ ޖަލްސާގެ ތެރެއިންނެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި ހާފިޒުންނަށް ސަނަދު ސަނަދު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިރޭ ދަސްވެނިވި 24 ހާފިޒުންގެ ތެރެއިން 22 ހާފިޒުންނަކީ އުމުރުން 18 އަހަރުން ދަށުގެ ހާފިޒުންނެވެ. އޭގެ ތެރެއިން ގިނަ ހާފިޒުންނަކީ މިއަހަރުގެ ރަމަޟާން މަހުގައި އެކި މިސްކިތްތަކުގެ ތަރާވީސް ނަމާދުގެ އިމާމުންނެވެ.

އެ ހާފިޒުންގެ ތެރެއިން އެންމެ ހަގު ހާފިޒުންގެ އުމުރަކީ 12 އަހަރެވެ. އުމުރުން 12 އަހަރުގެ ތިން ހާފިޒަކު ހިމެނޭ އިރު، އޭގެ ތެރެއިން ދެ ހާފިޒުންނަކީ މިސްކިތްތަކުގައި ތަރާވީސް ނަމާދުކުރާ އިމާމުންނެވެ.

ދަސްވެނިވި ހާފިޒުން:

  • މުހައްމަދު މިޝްއަލް އާޒިމް (ހިފްޒުކުރި އުމުރު: 18 އަހަރު)

  • ރައްޔާން އަހުމަދު މުހައްމަދު (ހިފްޒުކުރި އުމުރު: 15 އަހަރު)

  • އާމިނަތު މަންހާ ބިންތު އިސްމާއީލް (ހިފްޒުކުރި އުމުރު: 15 އަހަރު)

  • އާއިޝަތު ޒީކް ރިޔާޒް (ހިފްޒުކުރި އުމުރު: 14 އަހަރު)

  • އަބްދުﷲ އަހުސަން ސައީދު (ހިފްޒުކުރި އުމުރު: 14 އަހަރު)

  • އުވައިސް ބިން އިނާޒް (ހިފްޒުކުރި އުމުރު: 16 އަހަރު)

  • އާމިނަތު އަލްމާ ތޮލްޙަތު (ހިފްޒުކުރި އުމުރު: 17 އަހަރު)

  • އާތިކު އަބްދުއްސައްތާރު (ހިފްޒުކުރި އުމުރު: 18 އަހަރު)

  • ޒަލަފް ބިން ނާފިއު (ހިފްޒުކުރި އުމުރު: 12 އަހަރު)

  • މުސްއަބް ބިން ފައިސަލް (ހިފްޒުކުރި އުމުރު: 12 އަހަރު)

  • އަހުމަދު ރައީފް މުހައްމަދު (ހިފްޒުކުރި އުމުރު: 17 އަހަރު)

  • އާއިޝަތު ޞާއިބަތު މުހައްމަދު ރިކްޒާން (ހިފްޒުކުރި އުމުރު: 16 އަހަރު)

  • އާބްދުﷲ ހަޔާން ހަމީޒް (ހިފްޒުކުރި އުމުރު: 16 އަހަރު)

  • އާސިރު އާރިފު ޔޫސުފް (ހިފްޒުކުރި އުމުރު: 14 އަހަރު)

  • އާރިޝް އަބްދުﷲ އިބްރާހީމް (ހިފްޒުކުރި އުމުރު: 15 އަހަރު)

  • ޒާލިފް މަދީހު (ހިފްޒުކުރި އުމުރު: 12 އަހަރު)

  • އަބްދުﷲ ޒަކްވާން މުހައްމަދު ރިކްޒާން (ހިފްޒުކުރި އުމުރު: 13 އަހަރު)

  • މަރްޔަމް ހުނާ ހަސަން (ހިފްޒުކުރި އުމުރު: 17 އަހަރު)

  • ބިލާލް ބިން އަހުމަދު (ހިފްޒުކުރި އުމުރު: 15 އަހަރު)

  • އާއިޝަތު ލިޒީ (ހިފްޒުކުރި އުމުރު: 23 އަހަރު)

  • އަލާވީ އައްޔޫބު ބުން މުހައްމަދު ޝުޖާއު (ހިފްޒުކުރި އުމުރު: 15 އަހަރު)

  • ނަބާހަތު އަބްދުﷲ (ހިފްޒުކުރި އުމުރު: 18 އަހަރު)

  • އިބްރާހީމް ނަފީސް ހުސައިން (ހިފްޒުކުރި އުމުރު: 66 އަހަރު)

  • ފާތިމަތު އީޝަލް އަހުމަދު (ހިފްޒުކުރި އުމުރު: 14 އަހަރު)

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.