ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އެކައުންޓުން 500،000 ރުފިޔާ ނަގައިފި

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ މީހަކަށް ގުޅައި، އޮޅުވާލައިގެން އޭނާގެ އޯޓީޕީ ހޯދައި އެކައުންޓުން 500،000ރ. ނަގައިފި އެވެ.

ފުލުހުން މިއަދު ބުނީ، އޮޅުވާލައިގެން އޯޓީޕީ ހޯދައި މީހެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލަ ހުށަހަޅާފައިވާތީ، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް ފްލެޓް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ވަނީ ފައިސާ ނަގައިފަ އެވެ. އެ ފަހަރު މީހެއްގެ އަތުން އަތުލީ 200،000ރ. އެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި އެދިފައި ވަނީ އޯޓީޕީ އެއްވެސް މީހަކާ ހިއްސާ ނުކުރުމަށެވެ. އަދި އެފަދަ ހީލަތްތެރިންގެ ޝިކާރައަކަށް ނުވެ ފައިސާއަށް ރައްކާތެރިވާން ވެސް އެދިފައިވެ އެވެ.

”ފްލެޓް ކަށަވަރު ކުރުމަށް އެއްވެސް އިދާރާއަކުން އޯޓީޕީއެއް ނުފޮނުވާނެ،“ ފުލުހުން ބުނެފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.