މީހާ ވެއްޓުނީ ނުވަ ވަނަ ބުރިން އެންމެ ތިރިއަށް، ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓިގެން ފަރުވާ ދެމުންދިޔަ މީހާ މަރުވެއްޖެ އެވެ.

މިއަދު ހެނދުނު 10:30 އެހާކަންހާއިރު އޭސީ މަސައްކަތް ކުރަން އުޅެނިކޮށް އިމާރާތެއްގެ ނުވަވަނަ ބުރިން ސިޑި ގޮޅިން ވެއްޓުނީ 20 އަހަރުގެ އިންޑިއާ ރައްޔިތެކެވެ.

އެނގިފައިވާ ގޮތުގައި އޭނާ ނުވަވަނަ ބުރިން ވެއްޓި ޖެހުނީ ބިންމަތީގަ އެވެ.

ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާގެ ހާލު ސީރިއަސް ކަމަށް އެނގިފައިވާއިރު، އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އޭނާއަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު 1:40 ހާއިރު ވަނީ މަރުވެފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.