ރާއްޖެއަށް ވެސް މާދަމާ އަކީ އީދު ދުވަސް، އީދު މުބާރިކް!

މ
29 މާރިޗު 2025 20:231 މިނިޓުގެ ކިޔުން
Aa

މާދަމާއަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ކަނޑައަޅައިފި އެވެ.

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާ ބެހޭ ބަޔާނުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއަދުގެ އިރޮއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ރަށަކަށް މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނިފައިނުވާ ކަމަށެވެ.

ނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް ޝައްވާލު މަހުގެ ހަނދު ސާބިތުވެއްޖެކަމުގެ ހަބަރު ރަސްމީ ގޮތުން ލިބިފައިވާތީ، މާދަމާއަކީ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅަން ނިންމީ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ޝަހީމް ވަނީ މި އަހަރުގެ ރޯދަ މަހު ހިފި ރޯދައާއި ހެޔޮ އަޅުކަންތައް ގަބޫލުކުރައްވައި ފާފަ ފުއްސެވުމަށް އެދި ދުއާ ދަންނަވައިފަ އެވެ. އަދި ރޯދަ މަހަށްފަހުވެސް ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމުގެ ތައުފީގު ދެއްވުމަށް ވެސް ދުވާ ދެންނެވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.