މާލެ ދަތުރު ކުރަމުންދިޔަ ހޮޅުދޫ ބޯޓުގައި ރޯވެ އަނދައިފި

މ
2 އޭޕްރީލް 2025 21:28އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މާލެއަށް ދަތުރު ކުރަމުންދިޔަ ހޮޅުދޫ ބޯޓުގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެ އާއި ލ. އަދި ތ. އަތޮޅާ ދެމެދު ދަތުރުކުރާ ލ. އަތޮޅަށް ނިސްބަތްވާ އެ ބޯޓުގައި ރޯވީ ތ. ކަނޑޫދޫން މުދާ ބަރުކޮށްގެން، މާލެއަށް ދިއުމަށް ދަތުރު ފެށިތާ ކުޑައިރުކޮޅެއް ތެރޭގަ އެވެ. އެ ބޯޓުގައި ތިބީ ކިތައް ފަޅުވެރިން ކަމެއްވެސް އަދި ޔަގީނެއް ނޫނެވެ.

ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ބޯޓުގައި އެއްކޮށް އަލިފާން ރޯވެ ހުޅުގަނޑު ވަރަށް ބޮޑަށް ފެނެ އެވެ. އެ ބޯޓުގައި ހުރީ ކިހާ އަދަދެއްގެ މުދަލެއް ކަމެއް އަދި ނޭނގެ އެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސާއަށް ކައްދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.