ސީއެސްސީގެ މެންބަރު ކަމަށް މުޖްތާޒް އައްޔަންކުރަނީ

މ
7 އޭޕްރީލް 2025 12:531 މިނިޓުގެ ކިޔުން
Aa

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުޖްތާޒް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ސީއެސްސީގެ މެންބަރެއްގެ މަގާމު ހުސްވެފައިވަނީ އެތަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ސީއެސްސީއަށް މުޖްތާޒް އައްޔަން ކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފޮނުއްވައިފަ އެވެ. އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހަށް ފޮނުވީ ވެސް މުޖްތާޒްގެ ނަން އެކަންޏެވެ.

މުޖްތާޒް ވަނީ 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.