ގެއްލިގެން ހޯދަން އިއުލާނު ކުރި މީހަކު ޑްރަގް އެތެރެކުރަނިކޮށް ހައްޔަރުކޮށްފި

މ
30 މާރިޗު 2025 18:25އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ގެއްލިގެން ހޯދަން އިއުލާންކުރި މީހަކު ޑްރަގް އެތެރެކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ނ. މަނަދޫއަށް އުފަން އަބްދުﷲ ޝިހާދު، 37އ. އެވެ. އޭނާ ގެއްލިގެން ފުލުހުން އާންމުންގެ އެހީއަށް އެދުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ ފެނުނު ކަމެއް ފުލުހުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

ނަމަވެސް އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ ރާއްޖެއަށް ޑުރަގް އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ޝިހާދު ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށްފަ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ރާއްޖޭން ބޭރުން އައުމާއެކު ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންވެސް އެއްޗެއް ނުބުނެ އެވެ.

ކޯޓުން ވަނީ އިއްޔެ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.