ތަފާތު ކުޅުމެއް ދައްކައި ޓީއެފްޓީން ޓީސީ ބަލިކޮށްފި, އެލްޓީ ކަޓުވާލައި ލޮރެންޒޯ ސެމީއަށް

މ
5 އޭޕްރީލް 2025 01:272 މިނިޓުގެ ކިޔުން
Aa

ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން މިހާރު ކުރިއަށްދާ މި އަހަރުގެ ”އީދު ބައިބަލާ ޗެލެންޖު“ގެ ކުއާޓާ ފައިނަލުގެ މެޗުތައް މިއަދު ކުޅުނުއިރު, ދަ ފުޓްސަލް ޓައުން (ޓީއެފްޓީ) އާއި ލޮރެންޒޯ ސްޕޯޓްސް ކްލަބުން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

މިރޭ އެންމެ ފުރަތަމަ ބައްދަލުކުރީ ޓީއެފްޓީ އާއި ޓީސީ ސްޕޯޓްސް އެވެ. އެ މެޗު ޓީއެފްޓީން ކާމިޔާބު ކުރީ ދެ ގޭމުންނެވެ.

އެގޮތުން ފުރަތަމަ ގޭމުގައި ބޭރުން އަރައި ޓީއެފްޓީން ކާމިޔާބު ކުރީ ގޭމު ނިމެން އަށް ސިކުންތަށްވެފަ އޮއްވަ އެވެ. ނަމަވެސް ދެ ވަނަ ގޭމުގައި ޓީއެފްޓީގެ ފަރަތުން ތަފާތު މޮޅު ކުޅުމެއް ފެނުނެވެ. ޓީސީއަށް އެއްވެސް ޕޮއިންޓެއް ނުދީ ޓީއެފްޓީން ގޭމު ގެންދިޔައީ 19-0 އިންނެވެ.

އެއާއެކު މި އަހަރުގެ ބައިބަލާ މުބާރާތުގެ ސެމީގެ ފުރަތަމަ ޖާގަ ޓީއެފްޓީން ކަށަވަރުކުރި އެވެ. މިރޭގެ މެޗުން ޓީސީ ބަލިވި ނަމަވެސް, އެ ޓީމުން މުބާރާތް ފެށީ ވަރުގަދަކޮށެވެ. އެގޮތުން ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކްލަބް ބަލިކުރި އެވެ.

މިރޭގެ ދެވަނަ މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކްލަބުން ނުކުތީ އެލްޓީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗު ދެ ގޭމުން ކާމިޔާބުކުރީ ލޮރެންޒޯ އެވެ.

އެގޮތުން މެޗުގެ ފުރަތަމަ ގޭމުގައި ބޭރުން އަރައި ލޮރެންޒޯ އިން ވަނީ މެޗު ނިމެން މިނެޓެއް އޮއްވައި އެލްޓީގެ ހުރިހާ ކުޅުންތެރިން ނުބައިކޮށްފަ އެވެ. ފުރަތަމަ ގޭމުގައި އެލްޓީއަށް ހޯދުނީ އެންމެ ޕޮއިންޓެކެވެ.

ދެވަނަ ގޭމު ހޯދަން އެލްޓީން ވަރަށް ހިތްވަރުކުރި އެވެ. އެގޮތުން އެ ގޭމުގެ ވަކި ހިސާބަކުން އެލްޓީން 9-3 އިން ލީޑުވެސް ކުރި އެވެ. ނަމަވެސް އެ ގޭމު ނިމުނީ 6-6 އިން އެއްވަރު ވެގެންނެވެ.

ލޮރެންޒޯ އިން ކުއާޓާ ފައިނަލަށް އައީ ރައުންޑް އޮފް 16 ގައި ޓީސީ ފްރެޓާނިޓީ ބަލިކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.