ރަސްދޫގައި ފިހުނު އަންހެން މީހާ މަރުވެއްޖެ

މ
31 މާރިޗު 2025 19:59އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އއ. ރަސްދޫ ގެއެއްގައި މިދިޔަ ހޯމަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ މަރުވެފައިވަނީ މިއަދު ވަގުތެއްގަ އެވެ. މަރުވިއިރު އޭނާއަށް ފަރުވާ ދެމުންދިޔައީ އައިޖީއެމްއެޗުގެ އައިސީޔޫގެ ވެންޓިލޭޓަރަށް ލައިގެންނެވެ.

އޭނާއަށް ފަރުވާ ދެމުން ގޮސްފައިވަނީ އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ ޝައިލާޝް ވީ އެވެ. އިންޑިއާގެ އެ ޑޮކްޓަރަކީ ބާން އެކްސްޕާޓަކެވެ.

ރަސްދޫގައި ހިނގި އެ އަލިފާނުގެ ހާދިސާގައި ފިހިފައިވަނީ ދެމަފިރިންނެވެ. އެ ދެ މީހުންގެ އުމުރަކީ ވެސް 31 އަހަރެވެ.

އަލިފާނުގެ ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ %83 އަދި ފިރިހެން މީހާގެ %78 ވަނީ ފިހިފަ އެވެ.

ފިހިފައި އޮތްލެއް ބޮޑުކަމުން، އެންމެ ފުރަތަމަ ދުވަހު ޑޮކްޓަރުން ވަނީ އެ މީހުން ރަނގަޅުވާނެ ކަމަށް އުއްމީދު ކަނޑާލާފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.