ނައިބް ރައީސްގެ ދަތުރުތައް: ދޮޅުމަސް ތެރޭ 4 ގައުމަކަށް، ދައުލަތުގެ ބަޖެޓުން 4.7 މިލިއަން ރުފިޔާ!

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފު ދޮޅުމަސް ތެރޭގައި ހަތަރު ގައުމަކަށް ވަޑައިގެންނެވި އިރު، އެ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން 4.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އެނގިއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އެ މަނިކުފާނުގެ ނައިބު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ނައިބް ރައީސް ހުސެއިން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 4 އިން ޖެނުވަރީ 23 ވަނަ ދުވަހުގެ ނިޔަލަށް ހިނގި 49 ދުވަސް ތެރޭގައި ޖުމުލަ ހަތަރު ގައުމަކަށް ވަޑައިގެންފަ އެވެ.

އެ ދަތުރުތަކުގައި ރާއްޖޭން ބޭރުގައި ޖުމުލަ 23 ދުވަސް ހޭދަ ކުރެއްވި އިރު، ދައުލަތުގެ ބަޖެޓުން އެ ހަތަރު ދަތުރަށް 4،762،313 ރުފިިޔާ ހަރަދުކޮށްފައިވެ އެވެ.

ދަތުރުތަކުގެ ޖުމުލަ ހަރަދު:

  • ޗައިނާ އަދި ޖެނީވާ ދަތުރަށް: 3.2 މިލިއަން

  • މޮންޓިނީގްރޯ ދަތުރަށް: 589،736ރ.

  • ޔުގަންޑާ ދަތުރަށް: 983،032ރ.

މި ދަތުރުތަކުގެ ޓިކެޓް ހަރަދަށް އެކަނިވެސް 3.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ޕޮކެޓްމަނީއަށް 373،958ރ. ހަރަދުކޮށްފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.