ކުރީގެ އަނބިމީހާއަށް ބިރު ދައްކައި ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މ
2 އޭޕްރީލް 2025 10:351 މިނިޓުގެ ކިޔުން
Aa

ފުލުހުންގެ މައި އިދާރާ

ކުރީގެ އަނބިމީހާއަށް ބިރު ދައްކައި ބްލެކްމެއިލް ކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މާލޭ ދަފްތަރަށް ނިސްބަތްވާ މުހައްމަދު ޒުބައިރު، 57އ. އެވެ.

އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ ހުއްދަނެތި ގޯތިގެދޮރަށްވަނުމާއި އޮރިޔާން ކާޑު ގެންގުޅުމާއި ބުލެކްމެއިލް ކުރުން އަދި ބިރު ދެއްކުމުގެ ކުށުގައެވެ.

ބަންދު މަޖިލީހަށް ފުލުހުންގެ ފަރާތުން ވަނީ ހާދިސާގެ ރިޕޯޓާއި އަނިޔާ ލިބުނު ފަރާތުގެ ބަޔާންވެސް ހުށަހަޅައިފަ އެވެ. އެ ކަންކަމަށް ބެލުމަށްފަހު މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އޭނާ 10 ދުވަހަށް ބަންދުކުރުމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.