ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އިސްތިއުފާ ދެއްވައިފި

މ
6 އޭޕްރީލް 2025 15:051 މިނިޓުގެ ކިޔުން
Aa

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އަހުމަދު ޝާފިއު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޝާފިއު ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ”މަސްވެރި ސިނާއަތުގެ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުއްމީދުގައި މިއަދުން ފެށިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފިން،“ ކަމަށެވެ.

ޝާފިއުއަކީ ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ ގެމަނަފުށު ސްކޫލްގެ ލީޑިން ޓީޗަރެއްގެ ގޮތުގައި ހިދުމަތް ކުރެއްވުމަށް ފަހު މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަން ފަށްޓަވައިފަ އެވެ.

އެގޮތުން މަސްވެރިންގެ ހައްގުތަކުގައި މަސައްކަތް ކުރުމަށް މަސްވެރިންގެ ޖަމިއްޔާ އުފައްދައި، ޖަމިއްޔާގެ ރައީސްކަން ޝާފިއު އަދާކުރެއްވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.