ޗައިނާގައި މުސްކުޅިން ބަލަހައްޓާ މަރުކަޒެއްގައި ރޯވެ 20 މީހުން މަރުވެއްޖެ

އ
9 އޭޕްރީލް 2025 22:121 މިނިޓުގެ ކިޔުން
Aa

ޗައިނާގައި މުސްކުޅިން ބަލަހައްޓާ މަރުކަޒެއްގައި ރޯވެ 20 މީހުން މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ އިރުއުތުރުގައި އޮންނަ ހެބެއި ޕުރޮވިންސްގައި ރޭ ހިނގި އެ ހާދިސާގައި އަލިފާންގަނޑު ނިއްވާލެވުނީ 2 ގަޑިއިރެއްހާއިރުގެ މަސައްކަތުންނެވެ. އެ ހާދިސާގައި 20 މީހުން މަރުވި އިރު، 19 މީހުން ފިހިގެން ފަރުވާ ދެމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

އެ މަރުކަޒުގައި އަލިފާން ރޯވި ސަބަބު ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ފަށާފައިވާއިރު އެ މަރުކަޒުގެ ވެރިޔާ ވަނީ ހައްޔަރުކޮށްފަ އެވެ.

ޗައިނާގައި މުސްކުޅި އާބާދީ އިތުރުވަމުން އަންނައިރު ތަފާސްހިސާބުތައް ދައްކާ ގޮތުން 2019 އާއި 2024 އާ ދެމެދު ޗައިނާގައި މުސްކުޅިން ބަލަހައްޓާ ތަންތަން ވަނީ ދެގުނަ އިތުރުވެފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.