ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ދެ ޕްރޮސިކިއުޓަރަކު ސަސްޕެންޑްކޮށްފި

މ
13 އޭޕްރީލް 2025 15:071 މިނިޓުގެ ކިޔުން
Aa

ޖިންސީ ފުރައްސާރަކުރުމުގެ މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ދެ ޕްރޮސިކިއުޓަރަކު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން ބުނީ، ޖިންސީ ފުރައްސާރަކުރުމާއި އެ އޮފީހުން ގަބޫލުކޮށް ހިފަހައްޓަމުންދާ އަހުލާގީ މިންގަނޑާ ހިލާފުވުމުގެ މައްސަލައެއްގައި އެ ދެ ޕްރޮސިކިއުޓަރުން ސަސްޕެންޑް ކުރަން ނިންމީ އެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދުގެ ދަށުން އެ އޮފީހުގައި އެކުލަވާލާފައިވާ ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ކަމަށެވެ.

އެ މައްސަލަ ބަލައި ނިމެންދެން ދެ ޕްރޮސިކިއުޓަރުން ސަސްޕެންޑް ކޮށްފައިވާއިރު އެ މައްސަލަ ފުލުހުންވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.