ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދުކުރަނީ

މ
16 އޭޕްރީލް 2025 10:361 މިނިޓުގެ ކިޔުން
Aa

އެމެރިކާ ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީ ބަންދުކުރަން ބޭނުންވާކަން އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހާމަކުރައްވައިފި އެވެ.

އެމެރިކާއިން ވަނީ 10 ގައުމެއްގައި ހުންނަ އެ ގައުމުގެ އެމްބަސީއާއި 17 ކޮންސިއުލޭޓެއް ބަންދުކުރަން ވިސްނައިފަ އެވެ.

ނިއުޔޯކް ޓައިމްސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމެރިކާއިން ބަންދުކުރަން ވިސްނަމުންދާ ގައުމުތަކުގެ އެމްބަސީތަކުގެ ތެރޭގައި ހިމެނެނީ އެފްރިކާގެ ހަ ގައުމެއްގެ އެމްބަސީ، ސެންޓްރަލް އެފްރިކަލް ރިޕަބްލިކް، އެރިތްރިއާ، ގެމްބިއާ، ލެސޯތޯ، ކޮންގޯ އަދި ދެކުނު ސޫދާ ޔޫރަޕްގެ ދެ އެމްބަސީއާއި ލަގްޒަމްބާގާއި މޯލްޓާ، ރާއްޖޭގެ އިތުރުން ގްރެނެޑާގެ ހުންނަ އެމެރިކާގެ އެމްބަސީ އެވެ.

އެމެރިކާ ސަރުކާރުގެ ވިސްނުމަކީ އެ އެމްބަސީތައް ބަންދުކުރުމަށްފަހު އެމްބަސީތަކުގެ މަސައްކަތް ކައިރި ގައުމުތަކުގައި ހުންނަ އެމެރިކާގެ އެމްބަސީތަކަށް ބަދަލުކުރުމެވެ.

ރާއްޖެއިން، އެމެރިކާއާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1966 ވަނަ އަހަރުގަ ގަ އެވެ.

އެމެރިކާއިން ރާއްޖެއަށް ހާއްސަ އެމްބަސަޑަރެއް ހަމަޖެއްސީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގަ އެވެ. އެމްބެސަޑަރަކަށް ހަމަޖެއްސީ ހޫގޯ ޔޮން އެވެ.

އެމެރިކާގެ އެމްބަސީ ހިންގަމުން އަންނަނީ ހުޅުމާލޭގައި ތަނެއް ކުއްޔަށް ހިފައިގެންނެވެ. އެކަމަކު، އެމްބަސީއަށް ހާއްސަ ބިމެއް ހަމަ ހުޅުމާލެއިން ވަނީ ހަމަޖައްސައިދީފަ އެވެ.

އެ ބިމުގައި އިމާރާތް ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.