ގާސިމުގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރަނީ

މ
10 އޭޕްރީލް 2025 23:151 މިނިޓުގެ ކިޔުން
Aa

ވިލާގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ހިލޭ އެހީގައި އދ. މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތް ކޮށްދޭން ނިންމައި، އެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފި އެވެ.

ފުލުހުން ބުނީ، މާމިގިލީގައި ފުލުހުންގެ މަރުކަޒު ބިނާކުރުމަށް ފުލުހުންނާއި ވިލާ ފައުންޑޭޝަނާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކޮށް، އެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާ ކަމަށެވެ.

މާމިގިލީގައި ބޭއްވި އެ ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އެވެ. ވިލާ ފައުންޑޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ގާސިމެވެ.

ފުލުހުން ބުނާ ގޮތުން އެ މަރުކަޒުގައި އޮފީސް އިމާރާތާއި ފުލުހުންގެ އެކަމޮޑޭޝަން އަދި މެސްރޫމް ވެސް ހުންނާނެ އެވެ. އެ އިމާރާތް ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ތެރޭގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.