ކުޑަކުއްޖެއްގެ ގަޔަށް ހޫނު ފެން އެޅި ވަރަށް ބޮޑަށް ފިހިއްޖެ

މ
17 އޭޕްރީލް 2025 10:06އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ހދ. މަކުނުދޫގައި އަށް އަހަރުގެ ކުއްޖެއްގެ ގަޔަށް ހޫނުގެން އެޅި ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

އެ ރަށުން މައުލޫމާތުދިން މީހަކު ބުނީ ކުއްޖާގެ ގަޔަށް ހޫނު ފެން އެޅުނީ އަންގާރަ ދުވަހުގެ ފަތިހު ކަމަށެވެ. ކުއްޖާގެ ގަޔަށް އެޅުނު ހޫނު ފެނަކީ ސައިކުރާ ބަހައްޓާފައި ހުރި ތުވާލިކޮޅުގެ ރޮދިކޮޅަށް ދަމާލުމުން އެޅުނު ހޫނު ފެން ކަމަށެވެ.

އެ ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާ ދިނުމަށް ގެންދިޔައީ މަކުނުދޫ ހެލްތު ސެންޓަރަށް ކަމަށާއި އެ ސެންޓަރުން ކުއްޖާގެ ގައިގައި ފިހިފައިވާ ތަންތަނުގައި މަލަން އެޅުމަށްފަހު ގެއަށް ފޮނުވާލި ކަމަށް އެ ރަށު މައުލޫމާތުދިން މީހާ ބުންޏެވެ.

ނަމަވެސް ކުއްޖާއަށް ވަރަށް ބޮޑުވަރު ވެފައިވާތީ މާލެ އައިސް ދެއްކުމުން ހަށިގަނޑުގެ ހަ ޕަސަންޓު ފިހިފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތު ދިން ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.