މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

މ
12 އޭޕްރީލް 2025 13:401 މިނިޓުގެ ކިޔުން
Aa

ލ. މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ލ. މާބައިދޫ/ ސޫރަޖް ވިލާ، އިބްރާހިމް ނައުޒަމް، 30އ. އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ބާންދޫ ބޯޓުގެ ކެޕްޓަނެކެވެ.

ފުލުހުން މިއަދު ބުނީ، މާންދޫ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓް ވެފައިވާ މައްސަލައެއް މިއަދު ދަންވަރު 1:40 އެހާކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 8:45 އެހާކަންހާއިރު މަރުވެފައިވާ ކަމަށްވެސް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.