މާލޭ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓިފައި އޮއްވާ ފެނިއްޖެ، ފަރުވާ ދެނީ

މ
18 އޭޕްރީލް 2025 15:401 މިނިޓުގެ ކިޔުން
Aa

ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ

މާލޭ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓިފައި އޮއްވާ ފެނިގެން އޭނާ ނަގައިގެން ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ، އުމުރުން 21 އަހަރުގެ އެ އަންހެން މީހާ ވެއްޓިފައި އޮތީ ހެންވެއިރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ކަމަށެވެ.

އެ މައުލޫމާތު މިއަދު ހެނދުނު 7:23 އެހާކަންހާއިރު ލިބިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އެ އަންހެން މީހާ ވެއްޓުނީ ކޮން ގެއަކުން ކަމެއް ކިތައްވަނަ ބުރިން ކަމެއް އަދި ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ. އަދި އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއްވެސް އަދި ނުލިބެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.