އައްޑޫގައި ހިނގި އެކްސިޑެންޓެެއްގައި ވެސް މީހަކު މަރުވެއްޖެ

މ
12 އޭޕްރީލް 2025 20:55އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އައްޑޫ ސިޓީގައި މިރޭ ހިނގި އެކްސިޑެންޓެެއްގައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، ފޭދޫ ލިންކު ރޯޑުގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގެ މައްސަލަ މިރޭ 7:29 ހާއިރު ރިޕޯޓް ކުރި ކަމަށެވެ.

އެ އެކްސިޑެންޓުގައި މަރުވީ ސައިކަލު ދުއްވަން އިން ފޭދޫ/ އުލްފަތު، އިބްރާހިމް ސިޔާދު، 36އ. އެވެ. އޭނާ ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި ގދ. ފިޔޯރީ، މާގޯލްޑް، މުހައްމަދު މާހިލް މުމްތާޒު، 23އ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.