މާލޭގައި ބަހައްޓާފައިވާ ބާ އުޅަނދުތައް ނައްތާލަން ފުރުސަތެއް

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

މާލެ ސިޓީގެ ޓްރެފިކް ތޮއްޖެހުންތައް މަދުކުރުމަށްޓަކައި މާލެ ސިޓީގެ އެކި ތަންތަނުގައި ބަހައްޓާފައި ހުރި ބާ އުޅަނދުތައް ނައްތާލަން ބޭނުންވާ މީހުން އެކަމަށް އެދި ޓްރާންސްޕޯޓު މިނިސްޓްރީއަށް ހުށަހަޅަން މިއަދު ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކާއި މަގުމަތި ތޮއްޖެހުމުގެ ސަބަބުން އާއްމުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، އެކަމަށް ހާއްސަ ކޮށްގެން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ”އާބަން ޓްރެފިކް ޑީ ކޮންޖެޝަން މެނޭޖްމަންޓް ކޮމިޓީ“ގެ ނަމުގައި ކޮމިޓީއެއް އުފައްދާފައެވެ. އުޅަނދުގެ ވެރިފަރާތުން ބޭނުންވާނަމަ އެ އުޅަނދެއް މަޝްވަރާއާ އެކު، އެއްގަމު އުޅަނދުތަކުގެ ވެރިފަރާތުން އަމިއްލަ އަށް އެ އުޅަނދެއް ނައްތާލަން ބޭނުންވާ ނަމަ އެ ފުރުސަތު ދޭން އެ ކޮމިޓީން ވަނީ ނިންމާފައެވެ.

އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް ކުރިއަށްގެންދަނީ ފުލުހުންނާއި ވެމްކޯއާ ގުޅިގެންނެވެ. ފޯމު ހުށަހަޅަން ހުޅުވާލާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ސުންގަޑި ހަމަވާނީ އަންނަ މަހުގެ ތިން ވަނަ ދުވަހަށެވެ.

އެ މުއްދަތުގައި ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރާނީ ވައިބާ ވީޑިއޯ ކޯލެއް މެދުވެރިކޮށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.