ކޮރަޕްޝަންގެ މައްސަލައެއް ބަލަން އޭސީސީ އާއި ފުލުހުން، އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ

މ
20 އޭޕްރީލް 2025 13:55އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ކޮރަޕްޝަން މައްސަލައަކާ ގުޅިގެން ފުލުހުންނާއި އޭސީސީން، އެގްރިކަލްޗާ މިނިސްޓްރީން ވަދެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އޭސީސީންނާއި ފުލުހުން އެ މިނިސްޓްރީ ބަލައިފާސްކުރަމުން ދަނީ 2018 ވަނަ އަހަރުން ފެށިގެން އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.

އެގްރިކަލްޗާ މިނިސްޓްރީއަކީ މީގެ ކުރިން ފިޝަރީޒް މިނިސްޓްރީގެ ތެރެއިން ހިންގަމުން އައި ތަނެކެވެ. ފިޝަރީޒް އާއި އެގްރިކަލްޗާ ވަކި ކުރީ މި ސަރުކާރުގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.