އެމްޕީއެލްގެ ބޯޑު މެންބަރުކަމަށް މުހައްމަދު ވަހީދު އައްޔަންކޮށްފި

މ
23 އޭޕްރީލް 2025 14:30އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޯޑު މެންބަރުކަމަށް މުހައްމަދު ވަހީދު އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ހއ. ފިއްލަދޫ، މަބުސްތާނުގެ، މުހައްމަދު ވަހީދު މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.

މުހައްމަދު ވަހީދު އެންމެ ފަހުން ހުންނެވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު މެންބަރުކަމުގެ މަގާމުގައެވެ. އެޗްޑީސީގެ ބޯޑަށް 2023 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި އައްޔަންކުރުމަށްފަހު، އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ.

މީގެ ކުރިން މުހައްމަދު ވަހީދު ވަނީ އެޗްޑީސީގެ ބޯޑު މެންބަރުކަމުގެ އިތުރުން ވެމްކޯ އާއި ހައުސިން މިނިސްޓްރީގެ އިސް މަގާމުތަކެއް އަދާކުރައްވައިފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.