މައްސަލައެއް ހޫނުވިޔަ ނުދޭން އިސްތިއުފާ ދިނުމަކީ އެންމެ ރީތި ޑިމޮކްރެޓިކް އުސޫލު: ނަޝީދު

މ
26 އޭޕްރީލް 2025 21:201 މިނިޓުގެ ކިޔުން
Aa

މައްސަލައެއް އިތުރަށް ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރެޓިކް އުސޫލު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ، ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ޝުޖާއު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ނޭނގެ އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު، 21އ، ވެއްޓުނު މައްްސަލައާ ގުޅިގެން އޭނާ އިސްތިއުފާ ދެއްވަން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.

ޝުޖާއުއަށް މަރުހަބާ ވިދާޅުވެ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަންކަމާ ޒިންމާ ނަގަން، ނުވަތަ އިތުރަށް މައްސަލަ ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރެޓިކް އުސޫލު ކަމަށެވެ.

”އަބަދުވެސް އިސްކަން ދޭން ޖެހޭނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބައަށް،“ ނަޝީދު ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.