މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި

މ
27 އޭޕްރީލް 2025 10:521 މިނިޓުގެ ކިޔުން
Aa

މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ފުރާވަޑައިގެންފި އެވެ.

މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކަމަށެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގެ އަމާޒަކީ

ރާއްޖެއާއި މެލޭޝިއާ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުގެ އިތުރުން ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި އެކިއެކި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދިއުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ހަމަ މި ދަތުރުގެ ތެރެއިން ރައީސް، މެލޭޝިއާގެ ބޮޑުވަޒީރާއާއެކު ރަސްމީ މަޝްވަރާތަކެއް ކުރައްވާނެ ކަމަށާއި އެ މަޝްވަރާތަކުގެ ތެރޭގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމާއި، ސަރަޙައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާމެދު ހިޔާލުބަދަލުކުުމުގެ އިތުރުން ދެ ގައުމުގެ ބައިވެރިވުން އިތުރުކުރެވޭނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

މެލޭޝިއާގައި، އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގައި އެ މަނިކުފާނު ތަގުރީރު ކުރައްވާނެކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

އަދި މި ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ދަރިވަރުންނާ ރައީސް ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.