ނޭޝަނަލް ސާވިސް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

މ
30 އޭޕްރީލް 2025 23:331 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް ނޭޝަނަލް ސާވިސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.

ޑިފެންސް މިނިސްޓްރީން މިރޭކުރި އިއުލާނެއްގައި ބުނީ އެ ހިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެޑިކަލް ޓެސްޓެއް ވެސް ހަދާނެ ކަމަށް ޑިފެންސުން ބުންޏެވެ.

މި ޚިދުމަތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ”ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގައި ބައިވެރިވުމަށް އެދޭ ފޯމް“ ފުރިހަމަ ކުރުމަށްފަހު، ހުށަހަޅަންޖެހޭނީ އީމެއިލް މެދިވެރިކޮށް ނުވަތަ ޑިފެންސް މިނިސްޓްރީގެ ރިސެޕްޝަނަށެވެ.

މި ފޯމު، މިނިސްޓްރީ އޮފް ޑިފެންސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އެކެއް ޖޫން 2025ގެ މެންދުރު 12:00ގެ ނިޔަލެވެ.

އެ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.