އެސްޓީއޯއިން ހިޓާޗީ ބްރޭންޑު އޭސީއާއަށް ހާއްސަ "ފިނިފިނި ހިޓާޗީ" ޕްރޮމޯޝަން ފަށައިފި

މ
3 މެއި 2025 21:251 މިނިޓުގެ ކިޔުން
Aa

ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ހިޓާޗީ ބްރޭންޑު އޭސީއާއަށް ހާއްސަ ”ފިނިފިނި ހިޓާޗީ“ ޕްރޮމޯޝަން އިއްޔެ ފަށައިފި އެވެ.

އެސްޓީއޯއިން މިއަދު ބުނީ އެ ޕްރޮމޯޝަން ފައްޓަވައިދެއްވީ ފިޔުލް ސަޕްލައި އޮފް މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އަޝާން ކަމަށެވެ.

އެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.

ހިޓާޗީ ބްރޭންޑުގެ އޭސީއަށް އެ ޕްރޮމޯޝަންގެ ދަށުން 15 ޕަސަންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި 1،000 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ހާއްސަ ކޫޕަނެއް ލިބޭނެ ކަމަށެވެ.

ޕްރޮމޯޝަންގެ ލަކީ ވިނާއަކަށް 30،000 ރުފިޔާގެ ހޯމް އެޕްލައިންސް ސާމާނުގެ ޕެކޭޖެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ހިޓާޗީ ބްރޭންޑުގެ އެއާ ކޮންޑިޝާތަކަކީ ހަކަތެރި އެނާޖީ ލޭބަލް ލިބިފައިވާ ތިމާވެއްޓާ ރައްޓެހި އަދި ކަރަންޓު ހަރަދު ކުޑަ އުފެއްދުމެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.