ގެއްލުނު ދޯނި ފެނިއްޖެ، އެންމެންގެ ހާލު ރަނގަޅު

މ
29 އޭޕްރީލް 2025 09:421 މިނިޓުގެ ކިޔުން
Aa

ގދ.ގައްދޫއިން ފުރައިގެން މާލެ ދަތުރު ކުރަމުން ދަނިކޮށް ގެއްލުނު ”ކަށި ވާލި“ (ބްރިލިއަންޓް ކެރިއާ) ދޯނި ފެނިއްޖެ އެވެ.

ކޯސްޓްގާޑުން މިއަދު ބުނީ ”ބްރިލިއަންޓް ކެރިއާ“ ފެނުނީ ރޭ ފަތިހު 4:00 ހާއިރު، ގއ.ވިލިނގިލީގެ އިރު އުތުރުން 48 މޭލު ބޭރުން ކަމަށެވެ.

ދޯނި ފެނުނު އިރު އޮތީ އިންޖީނު ހުއްޓިފައި ކަމަށް ކޯސްޓު ގާޑުން ބުންޏެވެ. ދޯނީގެ ވެރިފަރާތާ ގުޅިގެން ކައިރި ރަށަކަށް ދޯނި ބަނދަރު ކުރުމުގެ މަސައްކަތް ކޯސްޓް ގާޑުން ދަނީ ކުރަމުން ކަމަށެވެ.

އެ ދޯނީގައި ތިބީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.