ސިހުރު ހަދާކަމުގެ ތުހުމަތުގައި ބާރަށުން އަށް މީހަކާ ފުލުހުން ސުވާލުކޮށްފި

މ
5 މެއި 2025 21:201 މިނިޓުގެ ކިޔުން
Aa

ހއ. ބާރަށުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި އަށް މީހަކާ ފުލުހުން ސުވާލުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ބާރަށުގައި ސިހުރު ހަދަމުންދާ ކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބުމުން އެ ރަށުގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި އަށް ތަނެއް ބަލައިފާސްކޮށް ސިހުރު ހަދަން ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ އިތުރުން އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންނާ ސުވާލުކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.