"ޑީ" ފާހުގެ ރިސާޗަރެއް ހޯދަނީ، މުސާރައަކީ 30،000 ރުފިޔާ

މ
7 މެއި 2025 23:201 މިނިޓުގެ ކިޔުން
Aa

ހެރިޓޭޖް މިނިސްޓްރީއަށް 30،000 ރުފިޔާގެ މުސާރައާއި އިތުރު އިނާޔަތް ލިބޭ ގޮތަށް ރިސާޗަރެއް ހޯދަން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ އެ މަގާމުގެ މުސާރައަކީ މަހަކު 25،000 ރުފިޔާ ކަމަށާއި ރިސާޗް އެލަވަންސްގެ ގޮތުގައި މަހަކު 5،000 ރުފިޔާ ލިބޭނެ ކަމަށެވެ. މި ވަޒީފާގެ އެއްބަސްވުމުގެ މުއްދަތަކީ ދެ އަހަރު ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

  • ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން ’ޑީ‘ ގްރޭޑް ލިބިފައިވުން

  • ’ސެކެންޑަރީ ސްކޫލް‘ ނުވަތަ ’ހަޔާ ސެކަންޑަރީ ސްކޫލް‘ ސެޓްފިކެޓް އިމްތިހާނުގައި ’ދިވެހި‘ މާއްދާއިން ދަށްވެގެން ’ސީ‘ ގްރޭޑް ލިބިފައިވުން

  • ދިވެހިވަންތަކަމުގެ ބަހާތައް ދިރާސާކުރުމަށް ޝައުގުވެރިމުވާއެކު މަދުވެގެން 3 އަހަރު ދުވަހުގެ އިދާރީ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން

  • ދިވެހިބަހާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އަދި ޕްރެޒެންޓޭޝަން ހުށަހަޅަން އެނގޭ ފަރާތެއް ކަމުގައިވުން

  • އުމުރުން 35 އަހަރުން ދަށުގެ މީހަކަށް ވުން

އެހާ ބޮޑު މުސާރައެއްގައި އެހާ ދަށް ފެންވަރުގެ ރިސާޗަރެއް ހޯދަން އިއުލާން ކުރުމުން ބައެއް ފަރާތްތަކުން ވަނީ މިނިސްޓްރީއަށް ފާޑު ކިޔައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.